ކާނިވާ ސަރަހައްދުގެ ކުލި ދެން ބަލައިގަންނާނީ ކައުންސިލުން

Tue, 11 Jun 2024 05:42 PM

View on this article on Vaguthu

ކާނިވާ ސަރަހައްދުގެ ކުލި ދެން ބަލައިގަންނާނީ ކައުންސިލުން

މި މަހުން ފެށިގެން އަލިމަސް ކާނިވާ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ ކުލި މާލެ ސިޓީ ކައުންސިލުން ބަލައިގަންނަ ގޮތަށް ހަދައިފިއެވެ.



މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މީގެފަހުން އަލިމަސް ކާނިވާ ސަރަހައްދުގެ ކުލި ދައްކަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލް މެދުވެރިކޮށް ހޯދުމަށް ވެސް މީރާ އިން އެދެއެވެ.

ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ އާއި ރެސްޓޯރަންޓުތައް ހިންގަމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ޖަލްސާތައް ބާއްވަން ވެސް ކުއްޔަށް ދޫކުރެއެވެ. ކާނިވާ ސަރަހައްދުގައި އަގު ދީފައި އުޅަނދުތައް ޕާކް ކުރަން ވެސް ވަކި ސަރަހައްދެއް އޮވެއެވެ.

 



More from Vaguthu