ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ ދިރާގާއި އެޗްޑީސީ އަދި ޝީޝާ ގުޅިގެން

Tue, 11 Jun 2024 05:28 PM

View on this article on Vaguthu

ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ ދިރާގާއި އެޗްޑީސީ އަދި ޝީޝާ ގުޅިގެން

'ހުޅުމާލެ އީދު އުފާ 2024' ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް ކުރިއަށް ދާނީ ދިރާގާއި އެޗްޑީސީގެ އިތުރުން ޝީޝާ މޯލްޑިވްސް ގުޅިގެންނެވެ.

މިގޮތުން އީދާއި ގުޅުވައިގެން ހުޅުމާލޭގައި ޖޫން 15 އިން 17 އަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި އީދުވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދުހަރަކާތްތައް ހިމެނެއެވެ.

މީގެ އިތުރުން ޖޫން 16 އަދި 17 ޖޫން ދެދުވަހު ކުޑަކުދިންގެހަވީރުވެސް ސެންޓްރަލް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް މިފަދަ އީދުގެ ހަރަކާތްތަކެއް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.



"އަޟްހާ އީދަކީ އަބަދުވެސްއަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކަމާ އެކު، ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެއް. އެހެންކަމުން މި އީދުގައިވެސް ތަފާތު ސަގާފީ ހަރަކާތްތައް އާންމުންނަށް ގެނެސްދިނުމަކީއަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،". މިރްޝާން ވިދާޅުވިއެވެ.

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރ، އަޙްމަދު ޔާމީން ވިދާޅުވީ މިފަދަ ކޮމިއުނިޓީ އިވެންޓްތަކަށް ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރުއަދާ ކުރާ ކަމަށެެވެ.

"އަޟްހާ އީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ގެނެސްދިނުމުގައިދިރާގުން އަޅުގަނޑުމެންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި ޝުކުރުދަންނަވަން،". އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު އީދު ބޮނޑިބަތް އީދު ނަމާދަށް ފަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެއިތުރުން ދިރާގު އީދު ޝޯ އަދި އެކުންފުނީގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ލަކީ ޑްރޯހަރަކާތް ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލްޕާކްގައި ކުރިއަށްދާނެއެވެ. މި ދެ ހަރަކާތުގެވެސް ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.



More from Vaguthu