ޗައިނާގެ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ - ރައީސް

Fri, 26 Jul 2024 11:42 PM

View on this article on Vaguthu

ޗައިނާގެ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ - ރައީސް

ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭން ނިންމާފައިވާކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި އަބަދުވެސް ދެއްވާ ދެ ގައުމަކީ ޗައިނާ އިންޑިއާ ކަމަށާއި، އެ ދެ ގައުމުގެ ސަރުކާރުން މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް އެހީތެރިކަން ދެއްވަވާ ކަމަށެވެ.

"އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަަކައި، ދިވެހި ރައްޔިތުންގެ ހައްގުގައި މި ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންގެ އިގްތިސޯދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަށް އެއްބާރުލުން ދެއްވާކަމަށްޓަކައި ޗައިނާ ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން،". ރައީސް ވިދާޅުވިއެވެ.

 

އިތުރު ތަފްސިލް އަންނަނީ...



More from Vaguthu