ރަސްދޫގައި ހަށިވިއްކުން: އެކަކު ދޫކޮށްލައި، ދެ މީހުންގެ ބަންދަށް 15 ދުވަސް!

Fri, 26 Jul 2024 11:30 PM

View on this article on Vaguthu

ރަސްދޫގައި ހަށިވިއްކުން: އެކަކު ދޫކޮށްލައި، ދެ މީހުންގެ ބަންދަށް 15 ދުވަސް!

އއ. ރަސްދޫ ގެއެއްގައި އިގްތިސޯދީ ވުޒާރާގައި ރެޖިސްޓްރީ ނުކޮށް ހިންގަމުންދާ ސްޕާއެއްގައި ހަށިވިއްކަަމުންދިޔަ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލައި، ދެ މީހުން 15 ދުވަހަށް ބަންދު ކުރަން އެރަށު ކޯޓުން އަމުރުކޮށްފިއެވެ.



އެރަށު ގެއެއްގައި ރަޖިސްޓްރީ ނުކޮށް ހިންގާ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 23:30ގައި ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ސެލޫން ބަލާ ފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި އުމުުރުން 42އ، އަދި 27އ،ގެ ބިދޭސީ ދެ އަންހެނުންނާއި 28އ،ގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެކަކު ޝަރުތުތަކާއެކު ދޫކޮށް، ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.



More from Vaguthu