ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީއަށް

Sat, 27 Apr 2024 09:08 PM

View on this article on Vaguthu

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީއަށް

ސައުދި އަރަބިއްޔާގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ފުރާވަޑައިގެންފިއެވެ



ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގެ ރިއާދަށް ފުރާވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން މުޅި ކޮންފަރެންސްގައި މަތީ ފަންތީގެ އިވެންޓްތަކާއި ސެޝަންތަކުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ސަރުކާރުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާޖަމާއަތްތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، އިލްމީ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓް އަކީ ސައުދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.

މި ފޯރަމަށް ދުނިޔޭގެ ބާރުގަދަ ގިނަ ގައުމުތަކެއްގެ ވެރިން ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފައެވެ.



More from Vaguthu