"އުފާ" ކުޑަކުދިންގެ ކާނިވަލް މިއަދު ހަވީރު

Fri, 10 May 2024 09:08 AM

View on this article on Vaguthu

"އުފާ" ކުޑަކުދިންގެ ކާނިވަލް މިއަދު ހަވީރު

ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ "އުފާ" ކުޑަކުދިންގެ ހަވީރު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.



އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މި ފެސްޓިވަލުގައި ބައިވެރިވާ ކުޑަކުދިން ގުރުއަތުގައި ބައިވެރިވެ ވަރަށް ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އުފާ ފެސްޓިވަލް ކުރިއަށްދާނީ 10 އަދި 11 މެއިގައި ދެ ސެޝަނަކަށް ބަހާލެވިގެން، ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މި ދެ ދުވަހު ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައާ ކަމަށާއި އެގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ރޮބޮމޭންގެ ހަރަކާތްތައް ހުކުރު ދުވަހުގެ ހަވީރު ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކުގެ އިތުރުން، ރީޑިންގެ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރު ދުވަހު ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި އެމް.އެން.ޑީ.އެފްގެ ފަޔަރ ޓްރަކް، އެމް.ޓީ.ސީ.ސީ ބަސް އަދި އެމް.ޕީ.އެލް. ރީޗް ސްޓެކަރ އަށް އަރާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، މިދުވަހާއި ގުޅިގެން މިއަދު ސްޓެލްކޯއިން އިންތިޒާމު ކޮށްގެން ވެސް ހަރާކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތާއި ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް މި ކުންފުނީގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ދާނީ މިއަދު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



More from Vaguthu