މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުންގެ ފަރާތުން ޣައްޒާއަށް 50،000 ރުފިޔާގެ ހަދިޔާއެއް

Fri, 29 Mar 2024 02:12 PM

View on this article on Vaguthu

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުންގެ ފަރާތުން ޣައްޒާއަށް 50،000 ރުފިޔާގެ ހަދިޔާއެއް

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން އަނެއްކާވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.



އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކުރި ގޮތުގައި އަނެއްކާވެސް މުޙްޔިއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެކުދިންގެ ޣައްޒާގެ އެކުވެރިންނަށް އެހީވުމަށް ހަދިޔާއެއް ހަވާލުކޮށްފައެވެ. އެގޮތުން މިމަހު 27 ވަނަ ދުވަހު އެ ސްކޫލްގެ ދަރިވަރުން 50،000 ހާސް ރުފިޔާ ހަވާލުކޮށްފައިވާކަން ކަމަށް އައިއޭސީން ވަނީ "ވަގުތު" އަށް ޔަޤީންކޮށްދީފައެވެ.

އައިއޭސީން ބުނިގޮތުގައި ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނާނެއެވެ. އަދި ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށްޓަކައި އެންމެ މުހިންމު މަރުހަލާ ކަމުގައި އައިއޭސީން ބުނެއެވެ. ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުން ކުދިން ކުރާ މިކަހަލަ މަސައްކަތްތަކުގައި ލިބުމަކީ އެކުދިންނަށް މިފަދަ މަސައްކަތްތަށް އިތުރަށް ކުރަން ލިބޭނެ ހިތްވަރެއްކަން ވަނީ ފާހަގަކޮށްފައެވެ.

މި ހިނގާ ރަމަޟާނަމަހުވެސް ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގައެވެ. އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަށްވެ ހާލުގައި ޖެހިފައެވެ. އެކި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިންނަމަވެސް އެ އެހީ ހޯދަން ނުކުންނަ މީހުން ގަޔަށް ބަޑިޖަހައި މަރަނީއެވެ.

ރާއްޖެއިން ދަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ރަމަޟާންމަހު ދިވެހިންގެ އެހީގައި ޣައްޒާއަށް ކާބޯތަކެތިވެސް ވަނީ ބަހާފައެވެ.

ކާބޯތަކެއްޗާއި ފެނާއި ކަރަންޓާއި ތެލާއި ބޯހިޔާވަހިކަމާއި ފޭރާމާއި ސާފުތާހިރުކަމާއި ނަރުދަމާގެ އިތުރުން ސިއްހީ ސާމާނާއި ބޭސްފަރުވާގެ ކަންކަން ހިމެނޭހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިއްޔެ ވަނީ އަމުރުކޮށްފައެވެ.



More from Vaguthu