މިރޭވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

Mon, 29 Apr 2024 07:07 PM

View on this article on Vaguthu

މިރޭވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިރޭވެސް ހުދު ސަމާލު ނެރެފިއެވެ.



މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މިރޭ 1:00 އާ ހަމައަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލު ނެރުނުއިރު، މިއަދު މެންދުރުފަހު 2:00 އިން ފެށިގެން 19:00 އާ ހަމައަށް އެ ސަރަހައްދަށް މި ސަމާލު ނެރެފައި ވެއެވެ.

މިރޭ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަޑުގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލުވުމަށް އެދިފައެވެ.



More from Vaguthu