ހަންކެޑެ ބްރިޖްގެ 200 މީޓަރުގައި ތާރު އަޅައިފި

Mon, 29 Apr 2024 06:40 PM

View on this article on Vaguthu

ހަންކެޑެ ބްރިޖްގެ 200 މީޓަރުގައި ތާރު އަޅައިފި

ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިން ހަދަމުންދާ ބްރިޖްގެ 200 މީޓަރުގައި ތާރު އަޅައި ނިންމާލައިފިއެވެ.



އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ މި މަހުގެ 18 ވަނަ ދުވަހުގައި ފެށިފައެވެ.

‏މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުންނައިރު، މިހާތަނަށް ‏200 މީޓަރުގައި ތާރު އެޅިފައިވާ ކަމަށް އެ ވުޒާރައިން މައުލޫމާތު ދެއްވައެވެ.

2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ފެށިއިރު، މިއީ 1.4 ކިލޯމީޓަރުގެ ހަތަރު ލޭން ހިމެނޭ ކުލެވޭ ބްރިޖެކެވެ.

ހަންކެޑެ ތަރައްގީ ކުރަނީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކޮށް، އެ ހިސާބުގައި ވަކި ބްރިޖް އަޅައިގެންނެވެ.

ހަންކެޑެ ވަށައިގެން ބްރިޖެއް ހެދުމުގެ ބޭނުމަކީ އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓަށް ހަންކެޑެ ވަކި ކުރުމެވެ.

ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު 2، 2021 ގައެވެ.

ހަންކެޑަ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ އިންނެވެ.



More from Vaguthu