ޗައިނާއިން ރާއްޖެއަށް 10 އުޅަނދު ހަދިޔާކޮށްފި

Fri, 29 Mar 2024 10:35 AM

View on this article on Vaguthu

ޗައިނާއިން ރާއްޖެއަށް 10 އުޅަނދު ހަދިޔާކޮށްފި

ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 10 އުޅަނދު ހަދިޔާކޮށްފިއެވެ.



ޗައިނާގެ ފަރާތުން ހަދިޔާ ކުރެއްވި 10 އުޅަނދު ހަވާލުކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންގ ލިޒިންއެވެ. އަދި ސަރުކާރުގެ ފަރާތުން އެ އުޅަނދުތަކާއި ހަވާލުވެވަޑައިގެންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެ އުޅަނދުތައް ހަވާލުކުރި ހަފްލާގެ ފޮޓޯތައް ހިއްސާކުރަމުން ސަފީރު ވަންގ ލިޒިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 10 ސިވިލް އުޅަނދު ކަމަށެވެ. ޗައިނާ ހަދިޔާކުރި ސިވިލް އުޅަނދަތަކަކީ ބޮޑެތި ލޮރީއެވެ.

އެ އުޅަނދުތައް ރާއްޖެއަށް ލިބުމާއެކު ކުނި ނެގުމަށާއި އިޖްތިމާއީ އެހެނިހެން މަސައްކަތް ކުރުމަށް އެމި ސިޓީތަކުގައި ފަސޭހަވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުރިއަށް ވުރެ ސާފު އަދި ރީތި ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެެވެ.

ޗައިނާއިން ގެންދަނީ ރާއްޖެއަށް ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭ ސިޓީގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެދުމަށް ނިންމާފައިވާކަން ވެސް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަ ކުރައްވާފައެވެ. އަދި އެކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ބައެއް ތަކެތި ވެސް ޗައިނާގެ ފަރާތުން ދަނީ ހަދިޔާކުރަމުންނެވެ.



More from Vaguthu