ޔާމީންގެ ވަކީލު ޝިޔާޒް ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފި

Mon, 29 Apr 2024 10:13 AM

View on this article on Vaguthu

ޔާމީންގެ ވަކީލު ޝިޔާޒް ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފި

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފިއެވެ.



ޝިޔާޒް ހަމަޖައްސާފައިވަނީ އިކޮނޮމިކް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރަކަށެވެ. އޭނާ ވަނީ މީގެ ކުރިން ޔާމީންގެ ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ.

އޭނާ އެމަގާމަށް ހަމަޖައްސާފައިވާކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އެމަގާމަށް ހަމަޖައްސަވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކަށް ޝިޔާޒް ހަމަޖައްސާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ހައިކޯޓުން މިމަހުގެ 18 ވަނަ ދުވަހު ހުކުމް އިއްވި އިރު، އެ އަޑު އެހުމުގައި ވެސް ޝިޔާޒް ބައިވެވަޑައިގެންނެވިއެވެ.

އެ މަގާމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެން އޭނާ ކުރިއަށް އޮތްތަނުގައި ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުންނަވާނެތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނުވެއެވެ.



More from Vaguthu