މާރުކޭޓުގައި މިއަދުގެ އަގުތައް

Thu, 28 Mar 2024 08:33 PM

View on this article on Vaguthu

މާރުކޭޓުގައި މިއަދުގެ އަގުތައް

ރޯދަ މަސް ފެށުނުއިރު ލޯކަލް މާރުކޭޓުގައި ލިބެންހުރި ތަކެތީގެ އަގުތައް ހުރީ މަތީގައިއެވެ. ތަރުކާރީން ފެށިގެން ގޮސް ކުރުނބަލުގެ އަގުވެސް ހުރީ މަތީގައިއެވެ. ނަމަވެސް މިހާރު މި ރޯދަ މަހުގެ 3 ވަނަ ހަފްތާއާއި ހަމައަށް އައިއިރު މިހާރު ލޯކަލް މާރުކޭޓުގައި ލިބެންހުރި ތަކެތީގެ އަގުތައް މިވަނީ ދަށަށް ގޮސްފައިއެވެ.



ދަތުރުވެރިންގެ މާރުކޭޓު-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެގޮތުން ރޯދަ މަސް ފެށުނު އިރު އެންމެ އަގު ބޮޑުކޮށް މާރުކޭޓުން ލިބެންހުރީ ދިވެހިންގެ މަގުބޫލު ކަނޑޫދޫ މިރުސް ލިބެން ހުރީ 100 ގްރާމު 75ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް އަގު މަޑު މަޑުން ތިރިވަމުން ގޮސް މިހާރު 100 ގްރާމު ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައެވެ.

މީގެއިތުރުން ކަރާގެ އަގު ވެސް މިއަހަރު ރޯދަމަހު އެހެން އަހަރުތަކާއި އަޅާބަލާއިރު ވަނީ ހެޔޮވެފައެވެ. އެގޮތުން މިހާރު ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 15 ރުފިޔާއަށެވެ. ރާއްޖެއިން ބޭރުން ކަރާ އެތެރެކުރުމުގެ ސަބަބުން މާރުކޭޓުގައި ލިބެންހުރި ދިވެހި ކަރާގެ ޑިމާންޑް ވެސް މިވަނީ ދަށްވެފައެވެ. އާންމު ފިހާރަތަކުން އިންޑިއާ ކަރާ 7 ރުފިޔާ އާއި 10 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިކަން ފާހަގަކޮށްލެވެެެއެވެ.

މިހާރު ލެޓިއުސް ލިބެންހުރީ 45 - 50 ރުފިޔާއަށެވެ. އަދި ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް ހުރި އިރު، ކަންކުން ފަތް މާރުކޭޓުގައި ހުރީ ފަސް ރުފިޔާއަށެވެ.

މިހާރު މާރުކޭޓުގައި ދޮންކެޔޮ ތިޔާގި ވެގެންދިޔައިރު، ދޮންކެޔޮ ލިބެންހުރީ ކިލޯއެއް 35 - 50 ރުފިޔާއާއި ދެމެދުގައިއެވެ.

އޮރެންޖެއް މާރުކެޓުން މިހާރު ލިބެންހުރީ އަގު 7 - 8 ރުފިޔާއާއި ދެމެދުގައި އަދި ފެހި އާފަލު ވެސް މާރުކޭޓުގައި ހުރީ މި އަގުގައިއެވެ. ރަތް އާފަލެއެއް މާރުކެޓުން ލިބެންހުރީ އާފަލެއް 8 - 10 ރުފިޔާއާއި ދެމެދުގައިއެވެ.

ކިއުކަންބާ ކިލޯއެއް މާރުކޭޓުގައި މިހާރު ލިބެންހުރީ 40 - 30 ރުފިޔާއާއި ދެމެދުގައިއެވެ. ކެރެޓް އަދި ކެބެޖް ވެސް މާރުކޭޓުގައި ލިބެންހުރީ އެއް އަގެއްގައިއެވެ. އެއީ ކިލޯއެއް 30 ރުފިޔާއަށެވެ.

މާރުކޭޓުގައި މި ރޯދަ މަހުވެސް ދިވެހިންގެ އުފެއްދުންތައް ގިނައިން ލިބެން އެބަހުރިއެވެ. އަދި އަގުތައް ވެސް މިހާރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައިއެވެ.



More from Vaguthu