މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން - ފައްޔާޒް

Thu, 28 Mar 2024 04:24 PM

View on this article on Vaguthu

މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން - ފައްޔާޒް

މިއަދު އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.



އޭނާ މިއަދު މެންދުރު 3:00ގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔަޒް ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރު ކުރީ މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.

"އެ މައުލޫމާތުތަކަކީ އަޅުގަނޑުގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް. މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން،". އޭނ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށެވެ. އަދި އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ ކުރީކޮޅު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ އިރު، ތިން މީހަކު ބައިވެރިވާ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



More from Vaguthu