ދަރުމަވަންތަ އިމާރާތް މެޑިސިން ކިޔަވާ ދަރިންވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުއްމީދު އާވެއްޖެ - ޔުނިއަން

Sat, 27 Apr 2024 11:04 PM

View on this article on Vaguthu

ދަރުމަވަންތަ އިމާރާތް މެޑިސިން ކިޔަވާ ދަރިންވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުއްމީދު އާވެއްޖެ - ޔުނިއަން

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ދެ ފަންގިފިލާ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ގައުމީ ޔުނިވަސީޓީ (އެމްއެންޔޫ)ގައި ޑޮކްޓަރީކަން ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔުނިއަން އިން މިރޭ ބުނެފިއެވެ.



ރާއްޖޭގެ އެމްއެންޔޫ އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގި މައްސަލައިގައި އެ ޔުނިއަން އިން ވަނީ ރައީސް އޮފީހާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން އަރުވާފައިވާ ކަަމަށެޗެ.

"ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަވަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ،". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަމީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާފައި ތިބެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.



More from Vaguthu