ދަރިފުޅު ދެކިލުމަށް ކަމަށް ބުނެ ގެއަކަށް ވަދެ މީހަކަށް ބިރުދައްކައިފި

Sat, 27 Apr 2024 07:07 PM

View on this article on Vaguthu

ދަރިފުޅު ދެކިލުމަށް ކަމަށް ބުނެ ގެއަކަށް ވަދެ މީހަކަށް ބިރުދައްކައިފި

ދަރިފުޅު ދެކިލުމަށް ކަމަށް ބުނެ ގެއަކަށް ވަދެ މީހަކަށް ބިރުދެއްކި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.



މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ މައްޗަށްވެސް ކުރަނީ ބިރުދެެއްކުމާއި މުދަލަަށް ގެއްލުން ދިން ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ 32 އަހަރުގެ ފިރިހެން މީހާގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އެ ގޭގެ ދޮރު ކަނި ކުރިންވެސް އިނީ ހަލާކުވެފައެވެ. އަދި އޭނާ ފައިން ދޮރުގައި ޖެހުމުން ދޮރަށް ގެއްލުންވުމުން ބަދަލުދޭން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާއިރު، އެގޭގެ އެއްވެސް މީހަަކަށް އޭނާ އިންޒާރު ދީފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އޭނާ އެގެއަށް ދިޔައީ ދަރިފުޅު ދެކިލުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅޭ 25 މީހާގެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ އެ ސަރަހައްދަށް ދިޔައީ އޭނާއާއެކު ދިޔަ މީހާގެ ދައްތައާ ވާހަކަދައްކަން ކަމަށާއި، ދައްތަ އުޅެނީ އެގޭގައި ކަމަށްވެ. އަދި ފުލުހުން އޭނާގެ މައްްޗަަށް ތުހުމަތު ކުރާ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.



More from Vaguthu