ހުޅުމާލެ ބޭރުން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Fri, 08 Sep 2023 09:53 PM

View on this article on Vaguthu

ހުޅުމާލެ ބޭރުން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ބޭރުން ނެރު ކައިރިން ދެ ލޯންޗެެއް ޖެހި ހިނގާދިޔަ ނުރައްކާތެެރި އެކްސިޑެންޓެއްގައި ގިނަބަޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 8:09 ގައި ކަމަށެވެ.

މިގޮތުން މި އެކްސިޑެންޓް ހިނގާފައި ވަނީ ޖޯއި އައިލެންޑް ރިސޯޓުން ފަތުރުވެރިން ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގގެ މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ލޯންޗެއް ޖެހިގެންނެވެ.

މިގޮތުން އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ ލޯންޗްގައި 13 ފަތުރުވެެރިންނާއި ތިން ކްރޫން ތިއްބެވެ.

މި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ނުވާއިރު، މި ލޯންޗްގައި ތިބި ފަތުރުވެރިން ވަނީ އެއާޕޯޓަށް ގެންގޮސްފައެވެ.

ލިއޯ ޓްރޭޑިންގ ލޯންޗްގައި އަށް މުވައްޒަފުންނާއި ދެ ކްރޫން ތިއްބެވެ. މި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މީގެ ތެރެއިން ލިއޯ ޓްރޭޑިންގ ލޯންޗްގައި ތިބި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އެ ލޯންޗްގެ ކެޕްޓަންގެ ހާލު ސީރިއަސް ކަމަށެވެ.

މި އެންމެން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި މި ލޯންޗްތަކުން ދަތުރު ކުރި އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



More from Vaguthu