(ލ. ގަން) ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް މިރަށުގައި ޤާއިމް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުގައި މިރަށަށް ވަޑައިގެން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ކޮންމެހެން ރާއްޖޭގައި ހުންނަން ޖެހޭނެ ތަނެއް ކަމަށެވެ. އަދި އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.
"އަޅުގަނޑުމެން އެހެން ރަށެއްގައި އިއުލާންކުރި އަޅުގަނޑުމެންގެ ހެލްތް މެނިފެސްޓޯގައި ހިމަނާފައި ވާނީ. އެއީ ރާއްޖޭގައި ވަރަށް ގިނަ ނަފްސާނީ ބަލިތައް. މުޖުތަމައު އޮތް ގޮތުން، ނޭޝަނަލް ލެވެލްގެ މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން .ވަކި ރަށެއް މީގެ ކުރިން އިއުލާނެއް ކޮށްފައިނުވާނެ."،
މުއިއްޒު ވާހަކަފުޅުައި ވަނީ އެ ހޮސްޕިޓަލް އަޅާނީ ހިތްފަސޭހަ، ގަސްގަހާއި ގެހި ހިނަ ތަނެއްގައި ކަންވެސް ފާހަގަކުރައްވާފައެވެ.
"އެ ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއް. އެހެންވީމާ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނީ އިރާދަކުރެއްވިއްޔާ ގަމުގައި ކަން އިއުލާން ކުރަން." މުއިއްޒު މެންޓަލް ހެލްތް އަޅާނީ ޤަމުގައި ކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބޭރުގެ ޤައުމުތަކުގައި ވެސް މިފަދަ މެންޓަލް ހެލްތް ހޮސްޕިޓަލްތައް ޤާއިމް ކޮށްފައި ވަނީ ފެހި ގަސް ގިނަ ހިތް ފަސޭހަ މާހައުލެއްގައި ކަަމަށެވެ. އެހެންކަމުން މިރަށުގައި މެންޓަލް ހެލްތް ހޮސްޕިޓަލް އަޅުއްވަން ނިންމި ކަމަށް ވެސް ނިންމީ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭގެއިތުރުންވެސް މުއިއްޒު ވިދާޅުވީ މިހާރު ގަމުގައި ހުރި ހޮސްޕިޓަލް ބަދަލުކޮށް ޓާޝަރީ ހޮޮސްޕިޓަލަކަށް ހަދާ ހުރިހާ ހިދުމަތްތަކެއް ހިމެނޭގޮތައް ޤާއިމްކޮށްދެއްވާނެ ކަމަށާއި އެ ހޮސްޕިޓަލް ވެގެން ދާނީ ތަފާތު ހިދުމަތްތަކެއް ދޭ ހޮސްޕިޓަލަކަށް ކަަމަށެވެ.
"ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމްކޮށްދޭނަން.ދެންް އެ ހޮސްޕިޓަލް ވެގެންދާނީ އެކި ކަހަލަ ހިދުމަތްތައް ދެވޭ އެކި ފެސިލިޓީވެސް ހިމެނޭގޮތައް ޓާޝަރީ ހޮސްޕިޓަލް ޤާއިމް ކުރެވިގެންދާނެ.". މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް މުއިއްޒު ވަނީ ގަމުގައި ހިންގާނެ ބައިވަރު މަޝްރޫޢުތަކެއް އިއުލާނުކޮށްފައެވެ.