މަޖިލީހުގެ ތަޅުމުގައި "ޗޯރު" ލަވަ ޖަހާ ދުވަހެއް!

Mon, 05 Jun 2023 10:41 AM

View on this article on Vaguthu

މަޖިލީހުގެ ތަޅުމުގައި "ޗޯރު" ލަވަ ޖަހާ ދުވަހެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ޗެނަލް-13 އިން ފޮނުވާ "ޗޯރު އިބުރޭ" ލަވަ، ރައްޔިތުންގެ މަޖިލިހުގައި ޖަހާތީ އެކަން ނުކުރަން ރިޔާސަތުން އަންގައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށުނު ފަހުން، އެ ލަވަ ޖަހަމުން ދިޔަ އިރު، އެކަން ކުރަނީ ކޮން މެމްބަރެއް ކަން ސާފެއް ނޫނެވެ. އެ ލަވައިގެ އަޑު ދޭތެރެ ދޭތެރެ އިން މަޖިލިހުގެ ތަޅުމުން އިވިފައިވެއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "ވަގުތަށް" ވިދާޅުވީ އެ ލަވަ ޖަހަނީ ކޮން ބައެއް ކަމެއް ސީދާ އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެ ލަވަ ޖަހާތީ އުނދަގޫވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ލަވަ ނުޖެހުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"ޗޯރު" ލަވަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ތާއީދުކޮށް ހިންގާ ޓީވީ ޗެނަލް 13 އިން ގެނެސްދޭތީވެ އެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނުން މިހާރު ދަނީ ބަލަމުންނެވެ.

ޗެނަލް 13އިގެ މައްސަލަ ބަލާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ "ޗޯރު އިބުރޭ" ފަދަ ނަންނަން ރައީސްއަށް މުހާތަބުކޮށް ބޭނުންކުރުމުން ހަމައިން ނައްޓައިގެން ދިއުމަކީ ޑިމޮކްރަސީގެ ރޫހުގައު ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ދަނީ، "ޗޯރު އިބުރޭ" ފަދަ ނަންނަން ކިއުމަކީ ޑިމޮކްރަސީ ނޫން ކަމަށެވެ.



More from Vaguthu