ފ. އަތޮޅުގެ ރަށްތަކަށް ރައީސް ފުރާވަޑައިގަންނަވައިފި

Sat, 27 May 2023 08:59 AM

View on this article on Vaguthu

ފ. އަތޮޅުގެ ރަށްތަކަށް ރައީސް ފުރާވަޑައިގަންނަވައިފި

ފ. އަތޮޅުގެ ރަށްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ އިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެގޮތުން މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދޫއަށެވެ. އޭގެފަހުން އެއަތޮޅު ދަރަނބޫދޫ، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވެސް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިދަތުރުފުޅުގައި ރައީސް އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަަމަށެވެ.

އަދި މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލައްވާނެއެވެ. މިގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށް ނިންމާފައިވާއިރު، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސް ބައްލަވައިލައްވާނެއެވެ.



More from Vaguthu