މާލެ ސިޓީ ކައުންސިލަށް 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

Sat, 27 May 2023 08:52 AM

View on this article on Vaguthu

މާލެ ސިޓީ ކައުންސިލަށް 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެސިޓީ ކައުންސިލްގެ ފަރާތުން އަޞްހާ އީދުގެ މުނާސަބަތުގައި ކަތިލުމަށް ހަމަޖެހިފައިވާ 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ޖޫން މަހުގައި އަންނަ ބޮޑު އީދުގައި މާލޭގައި އުލްހިޔާ ކަތިލައި ރައްޔިތުންނަށް ބެހުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

މިފަހަރު މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ 100 ބަކަރި ކަތިލާފައި މާލެ ސިޓީ ރައްޔިތުންނަށް ބެހުމަށެވެ. އަދި މަސް ބެހުމުގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަނަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އީދުގެ މުނާސަބަތުގައި އެ ކައުންސިލްގެ ކަތިލުމަށް ހަމަޖެހިފައިވާ 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

އެ އިއުލާނުގައިވާގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.



More from Vaguthu