ހައިލަމް ޖޭޕީއާ ގުޅިއްޖެ

Fri, 26 May 2023 10:47 AM

View on this article on Vaguthu

ހައިލަމް ޖޭޕީއާ ގުޅިއްޖެ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފިއެވެ.

ހައިލަމް ޖޭޕީއަށް ސޮއިކުރައްވާފައިވާކަން އިއުލާނުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އޭނާ އެ ޕާޓިއާ ގުޅިވަޑައިގަތް ހާމަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ހައިލަމް ސިޔާސީ މައިދާނާ ގުޅުވަޑައިގެން ޖޭޕީ އިހްތިޔާރު ކުރެއްވި ކަމީ އޭނާއަށް ލިބުނު ނުހަނު ބޮޑު އުފަލެއް ކަަމަށެވެ.

ގާސިމް ވަނީ ހައިލަމްއަށް މަރުހަބާ ވިދާޅުވެފައެވެ.

ހައިލަމް ޖޭޕީއަށް ސޮއި ކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމެވެ.

ހައިލަމް އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެތައް ބަޔަކު ދަނީ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ޖޭޕީގެ އިސް ސަފުގައި މަސައްކަތް ކުރައްްވާ ފަރާތްތައް ހިމެނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ގާސިމް ވާދަކުރައްވާއިރު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު ވަނީ ވަަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އެކި ރަށްރަށުން ގިނަބަޔަކު ދަނީ ޕާޓީއާ ގުޅެމުންނެވެ.

އެގޮތުން ރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި އިވެންޓެއްގައި އެ ޕާޓީއާ އަލަށް ގުޅުނު 2023 ޒުވާނުންގެ ފޯމާއި ގާސިމް ވަނީ ހަވާލުވެފައެވެ.



More from Vaguthu