އެސްޓީއޯ އެމްޑީގެ ޕްރޮގްރާމްތައް ޓީވީއެމް އިން ދެއްކުން މަނާ ކޮށްފި

Sat, 25 Mar 2023 09:38 PM

View on this article on Vaguthu

އެސްޓީއޯ އެމްޑީގެ ޕްރޮގްރާމްތައް ޓީވީއެމް އިން ދެއްކުން މަނާ ކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަމްރު މުހައްމަދު ރަޝާދުގެ ޕްރޮގްރާމްތައް ޓީވީއެމް އިން ދެއްކުން ރައީސް އޮފީސް އިން މަނާ ކޮށްފިއެވެ.

އެސްޓީއޯ އެމްޑީ ތާއިދު ކުރައްވަނީ، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.

"ވަގުތު"އަށް އެނގިފާއިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދު އެވެ.

ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ.

އަދި އެ ޕްރޮގްރާމްގެ ބަދަލުގައި މިރޭ ދައްކަމުން ދާނީ ރިޕީޓް ޕްރޮގްރާމެކެވެ.

މިކަމާއި ގުޅިގެން ޓީވީއެމް އިން ވެސް އަދި އެސްޓީއޯއިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



More from Vaguthu