އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި

Wed, 10 Jul 2024 06:12 PM

View on this article on Thiladhun

އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި

ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ.



އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ހުޅުވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

ހައްޖުވެރިންގެ ފުރަތަ ގްރޫޕް ރާއްޖެ އައީ ޖޫން 24 ގައެވެ. ހައްޖުވެރިން ރާއްޖެ އައީ ހަތަރު ގްރޫޕަކަށެވެ. މިތަނުން ފަހު ގްރޫޕް އައީ ޖުލައި 4 ގައެވެ.

The post އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި first appeared on Thiladhun.



More from Thiladhun