ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް

Mon, 21 Oct 2024 09:39 PM

View on this article on Thiladhun

ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް

ޔުނިވާސަލް ފައުންޑޭޝަނުގެ ޚަރަދުގައި ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒްވުމުގެ ފުރުސަތުދީފި އެވެ.

މި އަހަރުގެ ސްކޮލަޝިޕްތައް ހަވާލުކޮށްފައިވަނީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު މި އަހަރު ލިބިފައިވަނީ، ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ވުމަށް، ޑރ. ފާތިމަތު މިޝްފާ ވަސީމް އާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ވުމަށް ޑރ. ނުހާ އަބްދުލް ރަހްމާން އަދި ސާޖަރީއަށް ޚާއްސަ ވުމަށް ޑރ. އާމިނަތު ނަޖުދާ އަށެވެ.

އަލްމަރްހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގަ ދެވުނު މިތިން ފުރުޞަތަށް އެ ފައުންޑޭޝަނުން ހުޅުވައިލީ މިދިޔަ އަހަރު އެވެ.

ރާއްޖޭން ބޭރުގައި ޞިއްޙީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ރާއްޖޭން ބޭރުން ސްކޮލަޝިޕްގެ ޚާއްސަ ފުރުސަތުތައް 2014ވަނަ އަހަރުން ފެށިގެން ޔުނިވާސަލް ފައުންޑޭޝަނުން އަންނަނީ ދެމުންނެވެ.



ޔުނިވާސަލް ފައުންޑޭޝަނުން މިހާތަނަށް ރާއްޖޭން ބޭރުން 121 ސްކޮލަޝިޕްގެ ފުރުސަތު ދީފައިވާއިރު، މިހާރު ވެސް 15 ފަރާތަކުން ދަނީ އެ ސްކޮލަޝިޕްތަކުގައި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލް ކުރަމުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ޞިއްޙީ ދާއިރާގެ ސްކޮލަޝިޕްތަކުގައި ކިޔަވަމުންދާ ފަރާތްތައް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

އަދި މީގެ އިތުރުން 20 ފަރާތެއް، އެ ފައުންޑޭޝަންގެ ރިޒޯޓު އިންޓާންޝިޕްތަކުގައި ވެސް އެބަ ތިއްބެއެވެ. މިދިޔަ ހަ އަހަރު ތެރޭގައި 130 ކުދިން އިންޓާންޝިޕް ޕްރޮގްރާމް ވެސް ފުރިހަމަކޮށްފައެވެ.

The post ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް first appeared on Thiladhun.



More from Thiladhun