ދުންފަތުން އުފައްދާފައިވާ ތަކެތި، 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ

Mon, 21 Oct 2024 11:15 PM

View on this article on Thiladhun

ދުންފަތުން އުފައްދާފައިވާ ތަކެތި، 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ

ދުންފަތުން އުފައްދާފައިވާ ތަކެތި، 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިރޭ މީސްމީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވީ، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެކަމަށް ވިދާޅުވި އެވެ.

 

 

The post ދުންފަތުން އުފައްދާފައިވާ ތަކެތި، 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ first appeared on Thiladhun.



More from Thiladhun