ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ

Mon, 21 Oct 2024 10:03 PM

View on this article on Thiladhun

ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ

އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް 25 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އެކުލަވައިލި އުސޫލުގެ ދަށުން ހުށަހެޅީ 3 ކައުންސިލަކުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.



އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެރިކަން ފާޅުކުރި 3 ރަށުކަންސިލް އަކުން ހުށައެޅި ޕްރޮޕޯސަލްތައް މިއަދު ވަނީ ވަޒަންކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށާއި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެކައުންސިލްތަކާއި ފަޅުރަށްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުން ހުށަހެޅި އެ ޕްރޮޕޯސަލްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން އެކަމަށް އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުން ކަމަށެވެ.

"ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ރައީސް ކުރައްވާ މުހިންމު މަސައްކަތްޕުޅެއް"

މިރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަކީ އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަމަށާއި އަދި އެފަދަ ރަށެއް ލިބުމަކީ އެކި މަސައްކަތްކުރުމަށް އެރަށެއްގެ ބޔަަކަށް ލިބިގެން ދާނެ އިތުރު ފުރުސަތެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

"ރަށްރަށުގެ ރައްޔިތުން ވަރަށް އުފާވާނެ އެރަށެއްގެ ރައްޔިތުންނަށް ނުވަތަ ކައުންސިލަށް ކަމަށް ވިޔަސް އަދި ރައްޔިތުންނަށް އޭގެ ނަފާލިބޭނެ ގޮތަށް ފަޅުރަށެއް އެރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެރަށެއްގެ ބަޔަކަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް އަދި އުފާވެރިކަންލިބިގެންދާނެ"

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލްތަކަށް 25 އަހަރަށް ދޫކުރުމަށް ސަރުކާރުން ވަނީ 28 ފަޅު ރަށެއް ކުރިން އިއުލާނު ކޮށްފަ އެވެ. އެއީ 12 އަތޮޅަކަށް ނިސްބަތްވާ ފަޅު ރަށްރަށެވެ.

The post ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ first appeared on Thiladhun.



More from Thiladhun