އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ފަށަނީ

Mon, 21 Oct 2024 08:51 PM

View on this article on Thiladhun

އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ފަށަނީ

މޯލްޑިވްސް ހައުސިން އަދި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ވެބްސައިޓުގައި ޝާއިޢުކުރުމަށް ނިންމައިފި އެވެ.

އެޗްޑީސީ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކުންފުނީގެ ހިންގުން ހަރަދުނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ނުދައްކަކަމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ކުންފުނީގެ ޚިދުމަތްތަކަށާއި ތަރައްޤީ ޕްރޮޖެކްޓްތަކަށް ފައިސާ ދައްކަން ޖެހޭ، ނަމަވެސް ނުދައްކާ ހުރި ފަރާތްތަކުން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކަން ވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ނިންމައިފައިވާ ކަމަށްވެސް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ.

އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް [email protected] މެއިލްކުރުމުން މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެޗްޑީސީން ވަނީ މައުލޫމާތުދެއްވާފައެވެ.

އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާއްމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ހޯދުމާއި، ދަރަނި ކުޑަކުރުމަށް އެކުންފުނިތަކުންދަނީ މަސައްކަތްކުރަމުންނެވެ.



The post އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ފަށަނީ first appeared on Thiladhun.



More from Thiladhun