މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

Fri, 29 Mar 2024 02:35 PM

View on this article on Thiladhun

މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.



ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ސްޓެލްކޯއިން ބުނީ މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފެއްގެ ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފަކު ކަމަށެވެ.

މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ސްޓެލްކޯއިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށް. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
• މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
• އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
• މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
• ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

މިކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ބުރާސްފަތި ދުވަަހުގެ ރޭ ބޭއްވި ހަފްލާގައި އައްޝައިޚް ޢާޒިމް ޚާލިދު ވަނީ ރޯދަމަހުގެ މާތްކަމާއި ގުޅޭގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ނަސޭހަތްދެއްވާފައެވެ.

The post މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި first appeared on Thiladhun.



More from Thiladhun