ޔާމީންގެ ވަކީލް ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި

Mon, 29 Apr 2024 10:13 AM

View on this article on Thiladhun

ޔާމީންގެ ވަކީލް ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ކުރެއްވި އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.



ރައީސް އޮފީހުން ވަނީ ޝިޔާޒް، އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަށަވަރުކޮށް ދީފައެވެ.

ޝިޔާޒް ވަނީ މީގެކުރިިން އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތްތަކުގައި ޔާމީންގެ ދިފާއުގައި ޝިޔާޒް ވަކާލާތު ކުރެއްވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ މި މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުގައި ނިމިގެން ދިޔައިރު އެ އަޑުއެހުމުގައި ވެސް ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެބަތިއްބެވެ. އެކަމަކު، މިފަހަކާ ޖެހެންދެން އެ އަދަދު ވަނީ އިތުރުވެފައެވެ. އެ މައުލޫމާތުތަކެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

The post ޔާމީންގެ ވަކީލް ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި first appeared on Thiladhun.



More from Thiladhun