އުރީދޫން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއް

Mon, 29 Apr 2024 10:36 AM

View on this article on Thiladhun

އުރީދޫން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއް

އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.



މި ޕާޓްނާޝިޕާއެކު ރަސްމީކޮށް އުރީދޫއިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އުރީދޫ ހެޑް ކުއާާޓަރުގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕަކީ އުރީދޫއިން ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކަށް އިތުރު ކުރެވޭ ބޮޅެއް ކަމަށެވެ.

“ޓިކްޓޮކާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، އާ ކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އުރީދޫއަކީ ކަސްޓަމަރުންނަށް އައު ކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޝެއާކުރުމުގެ އިތުރުން ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ރޭގެ ހަފްލާގައި އުރީދޫން ވަނީ ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް ތައާރަފުކޮށްފައެވެ. މި ޕެކްތަކުގެ ސަބަބުން ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށް އުރީދޫން ބުންޏެވެ.

The post އުރީދޫން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއް first appeared on Thiladhun.



More from Thiladhun