ރައީސްގެ ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން: މިއުވާން

Thu, 08 Jun 2023 10:37 PM

View on this article on Thiladhun

ރައީސްގެ ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން: މިއުވާން

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިޢުވާން ވިދާޅުވީ މިވަގުތު އެ ސިޓީފުޅުގެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން، ސިޔާސީ ބޭނުމަށްޓަކައި އެފަދަ ކަންކަމަކީ ވަރަށް އާންމުކޮށް ކުރައްވާ ކަމެއްކަން ދައްކަވަން އުޅުއްވާ ކަމަށެވެ. އެހެންމަވެސް އެއީ ހަމަ ބުއްދި ގަބޫލު ކުރާ ކަންކަމެއް ނޫން ކަމަށާއި ދުނިޔޭގެ ލީޑަރުންގެ މެދުގައި ބަދަލު ކުރެވޭ އެފަދަ ކޮރެސްޕޮންޑެންސްތަކަކީ އޭގެ ސިއްރު ހިފެހެއްޓޭ އެއްޗެއް ކަމަށް މިޢުވާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެ ގައުމެއްގެ ވެރިންގެ ދެމެދުގަ ބަދަލު ކުރެވޭ ލިޔެ ކިޔުންތަކަކީ ނުވަތަ ސިޓީފުޅުތަކަކީ އާންމު ކުރާ އެއްޗެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮށްއުޅޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގައި ވެސް އަދި އެހެން ގައުމެއްގައި ވެސް އެފަދަ ސިޓީތައް އާންމުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިޢުވާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ ސިޓީފުޅު ހޯދަން އެދިއްޖެ ހާލަތެއްގައި އެ ކޮމިޓީއާ އެ ސިޓީފުޅު ހިއްސާ ކުރައްވާނެ ކަަމަށެވެ.

ޗާގޯސް ގެ އިމުގެ މައްސަލަ ނިންމީ އެ ސިޓީ އަށް ރިއާއަތް ކޮށްގެން ކަމަށާއި އެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެ ސިޓީ މަޖިލީހަށް ހިއްސާ ކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.

The post ރައީސްގެ ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން: މިއުވާން first appeared on Thiladhun.



More from Thiladhun