ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް

Fri, 26 Apr 2024 01:58 PM

View on this article on Thiladhun

ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ސިޓީ އެއްވަނައަށް މިސްރާބު ހިފައިފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ ވަނީ ބްރައިޓަން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެފައެވެ.



މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އާސެނަލް އޮތީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދި 77 ޕޮއިންޓާއިއެކުއެވެ. އާސެނަލަށް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. ސިޓީއަށް ލީގުގައި ބާކީ ދެން އޮތީ ފަސް މެޗެވެ.

ރޭ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި އޯކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑި ބްރޭނާއެވެ.  ސިޓީގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ފޮޑެންއެވެ. މިއީ ލީގުގައި އޭނާ ސިޓީއަށް ޖަހައިދިން 51 ވަނަ ލަނޑެވެ. އޭނާ އަކީ ސިޓީ އަށް ލީގުގައި މި އަދަދަށް ލަނޑު ޖަހައިދިން 10 ވަނަ ކުޅުންތެރިޔާއެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ވޯކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

The post ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް first appeared on Thiladhun.



More from Thiladhun