އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ

Mon, 06 May 2024 08:24 PM

View on this article on Thiladhun

އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ

އައްޑޫ ސިޓީގެ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.



އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު މިހާރު އެ ސިޓީގައި ބަހައްޓާފައިވާ ޕްލާންޓުން އުފައްދާ ފެނަށްވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށް ބުންޏެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއު ނިމިގެންދާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

The post އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ first appeared on Thiladhun.



More from Thiladhun