ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހދ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް

Thu, 08 Jun 2023 05:55 PM

View on this article on Thiladhun

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހދ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހދ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް ފުރައިފިއެވެ.

މި ދަތުރުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް ހިމެނޭހެން 12 ކައުންސިލަރުންނާއި އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އާއި ފައިނޭންސް އަދި އެސިސްޓެންޓް ޑިރެކްޓަރުގެ އިތުރުން ކައުންސިލު ބިއުރޯގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި ޖޫން މަހުގެ 7 ން 12 ގެ ނިޔަލަށް ކުރާ މި ދަތުރުގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލާއި ކަލައިދޫ ކައުންސިލާއި އިސްދޫ ކައުންސިލުގެ އިތުރުން ހިތަދޫ ކައުންސިލާއިި ފޮނަދޫ ކައުންސިލާ ބައްދަލުކޮށް ތަޖުރިބާ ހޯދުމަށް ވަނީ ނިންމާފައެވެ. އަދި މި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިނގާގޮތް ބަލައި، އާސާރީ ތަންތަނަށް ޒިޔާރަަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހދ. އަތޮޅު ކައުންސިލުން ވަނީ ށ. ފުނަދޫ އަށް ވެސް ތަޖުރިބާ ހޮދުމުގެ ދަތުރެއް ކޮށްފައެވެ. ފުނަދޫއަކީ އެލްޖީއޭ ރޭންކިިން ގަ ބޮޑު ތިލަދުންމަތިން 2021 ވަނަ އަހަރު 1 ވަނައިގާ ހިމެނުނު ކައުންސިލެވެ. އެ ދަތުރުގައި ނ. ކެނދިކުޅުދޫ ކައުންސިލާ ވެސް ބައްދަލުކޮށް ދެފަރާތުން ތަޖުރިބާ ބަދަލުކޮށްފައި ވެއެވެ.

ލާމަރުކަޒީ ނިޒާމު ވުޖޫދުވެ، ކައުންސިލުތަކަށް ގާނޫނީ ގޮތުން ބާރުތައް ދީފައި އޮތް ނަމަވެސް މި ނިޒާމު ޅަފަތުގައި އޮތުމުން ކައުންސިލުތަކުން މަސައްކަތް ކުރަމުން ދަނީ ވަރަށްބޮޑެތި ގޮންޖެހުންތަކާއެކުގައެވެ.

މިފަހަކަށް އައިސް އެއް ކައުންސިލު އަނެއް ކައުންސިލަށް ތަޖުރިބާ ހޯދަން ކުރާ ދަތުރުތަކުގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެއްރަށުން ކުރާ ކަންކަން އަނެއް ރަށުން ކޮޕީ ކުރުމާއި ވާދަވެރި މާހައުލެއްގައި ކައުންސިލުތައް ކުރިއަރައިގެން ދިއުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

The post ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހދ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް first appeared on Thiladhun.



More from Thiladhun