ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލަ: 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި

Thu, 25 Apr 2024 09:54 PM

View on this article on ThePress.mv

ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލަ: 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި

ހދ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލައި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ދާއުދުގެ ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލައިގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 14:55 އެހާކެއްހާއިރު ކަމަށެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ކުރިން ބުނީ ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް/ޕީއެންސީ ގެ ޖަގަހައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި 16 އެޕްރީލްގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ކުރަނީ މުހައްމަދު ދާއޫދުއެވެ. މިއީ ފުރަތަމަ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާދަ ކުރައްވަން ނިންމެވި ދާއިރާއެވެ. ނަމަވެސް ނަރީޝް ފަހުން ވަނީ ގއ. ކޮލަމާފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާ ކެމްޕެއިން ފަށްޓަވާފައެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.



More from ThePress.mv