އެމެރިކާ ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ބާއްވާ އެކްސަސައިޒް ބްލެކް މާލިން ފަށައިފި

Sun, 05 May 2024 07:19 PM

View on this article on ThePress.mv

އެމެރިކާ ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ބާއްވާ އެކްސަސައިޒް ބްލެކް މާލިން ފަށައިފި

ޔޫއެސް ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ބާއްވާ އެކްސަސައިޒް "ބްލެކް މާލިން" މިއަދު ފަށައިފިއެވެ.



އެމްއެންޑީއެފް އިން ބުނީ އެކްސަސައިޒް "ބްލެކް މާލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ބްލެކް މާލިންގެ އިތުރުން ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި އަހަރު "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އާ އެންޑީވަރެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފް އިން ބުނީ މި ޕްރޮގްރާމާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިން ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންޑާރަ ކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ޔޫއެސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އަދި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



More from ThePress.mv