ދިރާސީ އާ އަހަރު މާލޭގެ ސުކޫލުތަކަށް ވަނުމަށް އެދި 4000 ވުރެ ގިނަ ފޯމު ހުށަހަޅައިފި

Sun, 05 May 2024 09:53 PM

View on this article on ThePress.mv

ދިރާސީ އާ އަހަރު މާލޭގެ ސުކޫލުތަކަށް ވަނުމަށް އެދި 4000 ވުރެ ގިނަ ފޯމު ހުށަހަޅައިފި

ދިރާސީ އާ އަހަރު މާލޭގެ ސުކޫލުތަކަށް ވަނުމަށް އެދި 4000 ވުރެ ގިނަ ފޯމު ހުށަހަޅައިފިއެެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނާއި މާލޭގެ އެކި ސްކޫލްތައް ބަދަލު ކުރަން ބޭނުން ކުދިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު މިހާތަނަށް 4000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށެވެ. ފޯމު ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ އަދަދުތައް:

  • މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ގުރޭޑު އެކަކަށް ވެއްދުމަށް - 2290 ފޯމު
  • ގުރޭޑު އެކެއް ފިޔަވާ އެހެނިހެން ގްރޭޑު ތަކަށް ވެއްދުމަށް - 1450 ފޯމު
  • އަތޮޅުތެރޭ ސުކޫލުތަކުން މާލެ ސުކޫލުތަކަށް ބަދަލުވުމަށް - 790 ފޯމު
  • މާލޭ ސަރަހައްދުގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުވުމަށް - 660 ފޯމު

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެއި 7 ގެ ނިޔަަލަށް ހުށަހަޅާ ހުރިހާ ފޯމުތަކަކަށް މެއި 13 ގެ ކުރިން ޖަވާބު ދެއްވާނެ ކަމަށެވެ.

މި ފެށޭ ދިރާސީ އަހަރު ބޮޑު ޗުއްޓީއަށްވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހު 26 ގައި ފެށޭއިރު، ކިޔެވުން ނިމޭނީ އަންނަ އަހަރު މާޗުގައެވެ. އަދި 2024ގެ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހަށް ލިބޭ ގޮތަށް އެކެޑަމިކް ކަލަންޑަރަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ފައިނަލް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 6 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައި އަދި މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކަލަންޑަރުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭ ދުވަހެއް ކަމަށް އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ.



More from ThePress.mv