އެޑްވަޓޯރިއަލް:ނަޔާ ކުޅުދުއްފުށީގެ މާލީމީއަކަށް އަލީ ވަހީދު

Fri, 19 Apr 2024 10:28 PM

View on this article on Sun Online

އެޑްވަޓޯރިއަލް:ނަޔާ ކުޅުދުއްފުށީގެ މާލީމީއަކަށް އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު އަމިއްލައަށް އޭނާ ސިފަކުރެއްވީ ބޯޓު ދަތުރުކުރި މީހަކާއި ބަނޑިޔާ ޖެހި މީހެއްގެ ފަޚުރުވެރި ދަރިއެއްގެ ގޮތުގައެވެ. އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނަށް ވާދަކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާއަކީ މާލޭގެ ބޭފުޅުންގެ އާއިލީ ނަސަބާއި ހަސަބުން މި ހިސާބަށް އައި މީހެއް ނޫން ކަމަށާއި އޭނާއަކީ އެ 'ސްޓޭޓަސް ކޯ'އާ ވާދަކޮށްގެން މި ހިސާބަށް އައި މީހެއް ކަމަށެވެ.



މަޖިލިސް އިންތިޚާބަށް ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި, 1900ގެ ކުރީކޮޅު ކުޅުދުއްފުށީގެ މާލިމީއަކު ބޮޑު ތިލަދުންމަތީގެ ކަމުވޮށިގެންވާ މީހުންނާއެކު ކުރެއްވި ދަތުރެއްގެ ވާހަކަ އަލީ ވަހީދު ކިޔައިދެއްވިއެވެ. އެ މާލިމީ ގާތު އޮޑީގައި ތިބި މީހުން, އައްޑޫ ގަން ފެނޭ އަހަމުން ސުވާލުކުރަމުން ދިޔުމުން, "އިރުއަރާއިރު އައްޑޫ ނުފެނިއްޖެއްޔާ ތިމަންނަ ހުންގާނު ދޭނަމޭ" ވިދާޅުވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މިއީ ވަރަށް ކުރި, އަޅުގަނޑު މިއަދު ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މާތް ރަސްކަލާނގެ އިރާދަފުޅުން 22 އޭޕްރިލް ވަނަ ދުވަހުގެ އިރުއަރާއިރު އިރުއަރާނީ ނަޔާ ކުޅުދުއްފުއްޓަކަށް, އަޅުގަނޑުމެން ކުރާ އުންމީދުގެ އިރަށޭ," އޭނާ ވިދާޅުވިއެވެ.

"އެ ދުވަހު އެ އޮޑީގެ މާލިމީއަކަށް ހުރެ އަނެއް ދުވަހު އިރު އެރިއިރު އައްޑޫ ގަން އަތުލި މާލިމީއަކީ އަޅުގަނޑުގެ ފަޚުރުވެރި މުނިކާފަ މިރަށަށް އެތައް ޚިދުމަތެއް ކޮށްދިން އުމަރު ކަތީބު ކަލޭގެފާނު."

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ކެމްޕެއިން ތެރޭގައި އޭނާ ވަނީ ކުޅުދުއްފުށީގެ 88 ގެޔަކަށް ވަދެ, 800 އަށް ވުރެ ގިނަ މީހުންނާ ފޯނުން ވާހަކަދައްކައި އުދާސްތައް އަހައިފައެވެ. އެ މައްސަލަތައް ފާހަގަކުރައްވައި, އޭނާ އިންތިޚާބުވެއްޖެ ނަމަ ގެންނަވާނެ ހައްލުތައް އޭނާ ވިދާޅުވިއެވެ. އެއީ:

ފުލުސް އޮފީހުގެ ހާލަތު ރަނގަޅުކުރުން

ކުޅުދުއްފުށީގެ ފުލުސް އޮފީހުގައި މިހާރު އެކަށީގެންވާ ޖަލަކާއި ވަސީލަތްތައް ނެތުމުން, ފުލުސް އޮފީހުގެ ހާލަތު ރަނގަޅުކޮށް, ފުލުސް އޮފީހަކީ ޚިދުމަތް ދެވޭނެ ތަނަކަށް ހެދުން

ގައުމީ ދިފާއީ ބާރުގެ ހާލަތު

ދައުލަތަށް ޚިދުމަތް ކުރުމުގައި ހުއްޓާ ގެއްލުން ލިބިއްޖެ ނަމަ ބަދަލު ލިބޭނެ ގޮތަށް ގާނޫނެއް ހެދުން

ހޮސްޕިޓަލުގެ ހާލަތު

ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ޕޭ ސްޓްރަކްޗާ ބަދަލުކޮށް, ސްޕެޝަލިސްޓުން ގެނައުން, ކުޅުދުއްފުށީ ހޮސްޕިޓަލަކީ ކޮންމެވެސް އެއް ރޮނގަކުން އެންމެ ފާހަގަކޮށްލެވޭ ހޮސްޕިޓަލަށް ހެދުން

މަސްވެރިންނަށް އިތުރު ފުރުސަތު ދިނުން

ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދުތަކުން މޫސުމީކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ހޯދަން ގަރާރު ހުށަހެޅުން

އުދުހުމުގެ އަގުތައް

2800 – 3000 ރުފިޔާއާ ދޭތެރޭ އޮންނަ ޓިކެޓްގެ އަގު 2000އަށް ކުޑަކުރަން މަސައްކަތް ކުރުން

ޒަމާނީ ނަޔާ އެއާޕޯޓް

އެއާޕޯޓުގައި ފާހާނާ ހަދައި, ވިޔަފާރި ކުރެވެން ގޮތާއެކު އަސާސީ ޚިދުމަތް ލިބޭ ގޮތަށް ޒަމާނީ ކުރުން

ރީހެބް ހެދުން

ކުޅުދުއްފުށީގައި ރިހެބިލިޓޭޝަން ސެންޓަރެއް ހަދައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ހޯދައިދިނުން

އިންވެސްޓް އިން ނަޔާ ކުޅުދުއްފުށި

ރަށަށް ލާރި ވައްދައި, ވަޒީފާ އުފައްދަން އިންވެސްޓްމެންޓް ހޯދަން މަސައްކަތްކުރުން

ބޯހިޔާވަހިކަން

ހައުސިން ސްކީމުން އެންމެންނަށް ބޯހިޔާވަހިކަން ލިބޭ ގޮތް ހަދައި, ބޮޑަށް ބޭނުންވާ މީހުންނަށް ތަރުތީބު ކުރެވޭނެ ގޮތް ހެދުން އަދި އާދައިގެ ހައުސިން އާއި ފައިސާ ހުރިއްޔާ މޯގޭޖް ކޮށްގެން ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ގޮތް ހެދުން

އާރުޓީއެލް ރޫޓާއި ކައުންޓަރު

އާރުޓީއެލްގެ ރޫޓުގައި ކުޅުދުއްފުއްޓަށް އިސްކަން ދޭ ގޮތަށް ބަދަލުކޮށް, މާލެއާ ހަމައަށް ސްޕީޑް ފެރީ ބޭއްވުން އަދި އާރުޓީއެލް ކައުންޓަރެއް ހެދުން

އެސްޓީއޯ ފިހާރަ

ކާޑުގެ ބޮޑު ސްޓޯރެއް ކުޅުދުއްފުއްޓަށް ގެނައުން, މާލޭގައި ކުރެވޭ ވިޔަފާރީ އުތުރުގައި ވެސް ކުރެވޭ ގޮތަށް ހެދުން

ވެމްކޯގެ ކުނި ނެގުމުގެ އުސޫލު

ވެމްކޯގެ ކުނި ނެގުމުގެ އުސޫލު އޮންނަ ގޮތް ބަލައި, އަގު ކުޑަކޮށްދިނުން

ޖޮބް މާކެޓް

ޖޮބް މާކެޓް ކުޅުދުއްފުއްޓަށް ގެނައުން, ކެމްޕެއިން އޮފީސް ރައްޔިތުންނަށް ޚިދުމަތްދޭ ތަނަކަށް ބަދަލުކުރުން

ހޯމްސްޓޭ

ހޯމްސްޓޭ ޑެސްކެއް ހަދައި, ފަތުރުވެރިން ގެނައުން

ކުޅިވަރު ގާނޫނު

ކުޅިވަރު ގާނޫނު އިސްލާހުކޮށް, ވަޒީފާ އުފައްދައި މުސާރައަށް ބަދަލު ގެނައުން އަދި މާލޭގެ ކުލަބު ޖަމިއްޔާއަށް ފައިސާ ލިބޭނަމަ ރާއްޖެތެރޭގެ ކުލަބު ޖަމިއްޔާއަށް ވެސް ލިބޭ ގޮތް ހެދުން

މިސްކިތްތައް ބޭނުންކުރެވޭ ގޮތް ހެދުން

ހުރިހާ މިސްކިތެއް އޭސީކޮށް, އަންހެނުންނަށް ޚާއްޞަ މިސްކިތެއް އެޅުން

ވާނުވާ މައްސަލަ ހައްލުކުރުން

ޖަލުގައި ވާނުވާ ޖަހާފައި ތިބޭ މީހުން ބެލެހެއްޓުމަށް ފައިސާ ނަގާ 'މާފިއާ' ނައްތާލުން

ޕޭ ހާމަނައިޒް ކުރުން

ކިޔަވައިގެން ތިބޭ ޒުވާނުންނަށް ހައްގު މުސާރަ ހޯދައިދިނުން

ދަރަނިން މިންޖު ދިވެހިރާއްޖެ

އަރަންޏަށް ގައުމު ގެނައުމުގެ މަސައްކަތް ފަށަން ގޮވާލައި, އެކަމަށް މަސައްކަތް ކުރުން

ލާމަރުކަޒީ ހަމަހަމަ ބަޖެޓް

މިނިވަންކަމާއެކު ކުޅުދުއްފުށީ ތަރައްގީ ކުރުމަށާއި ލާމަރުކަޒީ ދިރިއުޅުމެއް އުޅުމަށް ފަހިކޮށްދިނުން

އަލީ ވަހީދު ދެއްވާ ޔަގީންކަމަކީ އިންތިޚާބުވެއްޖެ ނަމަ, އެމްޑީޕީ ދޫކޮށްނުލާނެ ކަމުގެ ޔަގީން ކަމެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ ތުހުމަތުތައް ދޮގު ކުރައްވައި, ސިޔާސީ ބޭނުމަށާއި އެންޓި ކެމްޕެއިން ކުރުމަށް އެ ތުހުމަތުތައް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ އިންތިޚާބު ވެއްޖެ ނަމަ އެ މައްސަލަތައް ބަލަން އޭނާ އަމިއްލައަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މާޒީވި ތަޖުރިބާއަށް ބަލާއިރު ރާއްޖޭގެ ބަރުލަމާނުގައި ނުވަތަ ރާއްޖޭގެ ސިޔާސީ އެންމެ މަތީ ގެޔަކީ ރައްޔިތުންގެ މަޖިލިސް އެތަނަށް ހަގީގަތުގައި މީހަކު އިންތިޚާބުވެ ދިޔުމަށް ފަހު އެތަނުގެ އާޖުފާޖު އެނގި ފައިން ވެލި ހިކި އެތަން ރަނގަޅަށް އެނގޭނީ ދެވަނަ ދައުރަކަށް މީހާ ތަސައްރަފު ފުދިގެން," އަލީ ވަހީދު ވިދާޅުވިއެވެ.

އެހެންވެ, ކުޅުދުއްފުއްޓަށް މިފަހަރު ލިބިފައި އޮތް އެންމެ ރަނގަޅު ފުރުސަތަކީ އޭނާއާއެކު ކުޅުދުއްފުއްޓަށް ދެން ދެވަނަ ދައުރަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް ފުރުސަތު ދީ, ތަޖުރިބާކާރު ދެ މެންބަރުން ހޮވުން ކަމަށް އޭނާ ވިދާޅުވިއެވެ.



More from Sun Online