ސްކޯލާޝިޕް އަށް 1000 ވުރެ ގިނަ ފޯމު ހުށައަޅައިފި

Thu, 02 May 2024 07:48 PM

View on this article on Sun Online

ސްކޯލާޝިޕް އަށް 1000 ވުރެ ގިނަ ފޯމު ހުށައަޅައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވެފައިވާއިރު, ސްކޮލަޝިޕަަށް އެދި 1709 ފޯމު ހުށަހަޅައިފިއެވެ.



ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިއަދު 13:30ގައި ހަމަވެފައިވާ ކަމަށެވެ. އަދި ދެން އޮތީ އެ އެޕްލިކޭޝަން ފޯމުތައް ބަލައި ޗެކުރުން ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

އެ ލޯނަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވާލީ މާޗު މަހުގެ 28 ގައެވެ.

ކުރިން އޮތީ ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހު 25ގައި ހަމަވާ ގޮތަށެވެ. ނަމަވެސް ހަޔާ އެޑިކުކޭޝަން މިނިސްޓަރީން ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދަށް އިތުރުކޮށްފައެވެ.

މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލީ 500 ފުރުސަތަށެވެ. މިގޮތުން ލޯނު ދޫކުރާނީ ދެ ސްކީމަކަށް ބަލާހައިގެންނެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ސްކޮލަޝިޕަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ނިންމަވައިފައިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިދިޔަ ހޯމަ ދުވަހުގެ ރޭވަނީ ވިދާޅުވެފައެވެ.

އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.



More from Sun Online