އައިސީޑީއާއެކު ފިނޭންސް މިނިސްޓްރީން ދެ އެމްއޯޔޫއެއް

Thu, 02 May 2024 06:43 PM

View on this article on Sun Online

އައިސީޑީއާއެކު ފިނޭންސް މިނިސްޓްރީން ދެ އެމްއޯޔޫއެއް

ފިނޭންސް މިނިސްޓްރީން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)އާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެމްއޯޔޫތަކުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގެވެ. އަދި އައިސީޑީގެ އެކްޓިން ސީއީއޯ ހަނީ ސަލީމްގެ ގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އިންވެސްޓްމަންޓް އޮފިސަރު (ސީއައިއޯ) ބަހާ އަލްދީން ކިރިމްލީއެވެ.

އެގޮތުން ސޮއިކޮށްފައިވާ ފުރަތަމަ އެމްއޯޔޫގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށް ދެ ފަރާތަށް ފައިދާހުރި ގޮތަށް އިންވެސްޓްމަންޓް ފައިނޭންސިން އެޑްވައިޒަރީ ޚިދުމަތް، ނުވަތަ ފަންނީ އެހީތެރިކަމުގެ ފުރުޞަތުތައް ހޯދައި ދެނެގަތުމުގައި އެއްބާރުލުންދިނުމެވެ.

އަދި، ފުރަތަމަ އެމްއޯޔޫގެ ދަށުން، އިޖްތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން ގާތުން މަސައްކަތްކުރުމަށް އެއްބާރުލުމުގެ އޮނިގަނޑެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދެވަނަ އެމްއޯޔޫގެ ބޭނުމަކީ ޖުމްހޫރީ އުޒްބެކިސްތާނުގައި އިސްލާމިކް ބޭންކެއް ގާއިމްކުރުމަށް އައިސީޑީއާއި ރާއްޖެއަށް ކޯ-އިންވެސްޓްމަންޓް ކުރެވިދާނެ ކަންކަން ހޯދުމަށް އެއްބާރުލުމުގެ އޮނިގަނޑެއް ގާއިމްކުރުން ކަމަށެވެ.



More from Sun Online