ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް

Thu, 02 May 2024 07:25 PM

View on this article on Sun Online

ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް

ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކޮށް، ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



މިއީ ޑާޓާ ހިއްސާކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި މިިނިސްޓްރީން މިފަދަ އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުން ބިނާވެފައިވަނީ ކަސްޓަމަރުންގެ ތަޖުރިބާ ބަދަލުކޮށްދޭނެ ވިޔަފާރި ޕޯޓަލެއް ކަމަށްވާ ބޮލި އޭޕީއައިއަށެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ ޑޮކިއުމަންޓުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.

މި ޕޯޓަލާ ގުޅިގެން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކުން ރަޖިސްޓްރޭޝަން ޑޭޓާއާއި އައިޑެންޓިޓީ ޔަގީންކުރުމަށް ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރުމުގެ މަގުސަދުގައި ކަމަށެވެ.

"މިސާލަކަށް މާލީ އިދާރާތަކުން ދުވާލަކު އެތައް ހާސް ވެރިފިކޭޝަންތަކެއް ކުރިއަށް ގެންދަނީ. އަޅުގަނޑުމެންގެ އެޕީއައިއިން ޑޭޓާ ވެރިފިކޭޝަން އަވަސްކޮށްދިނުމުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކަށް ވިޔަފާރިތައް އޮތެންޓިކޭޓް ކުރުމަށް އެހީތެރިވެދޭނެ," އޭނާ ވިދާޅުވިއެވެ.

މި ޕޯޓަލްގެ ފައިދާތަކުގެ ތެރޭގައި، ރަޖިސްޓްރޭޝަން އަވަސްވުމާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅުވުމާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވުން ހިމެނެއެވެ.



More from Sun Online