ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވަނީ

Thu, 02 May 2024 07:05 PM

View on this article on Sun Online

ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވަނީ

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމަށް މަގުފަހިވަމުންދާ ކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިއުޓުން ބުނެފިއެވެ.



މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުނީ އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "ވޯނިންގް" ލެވެލް ތިންވަނަ ގިންތީގައި ކަމަށެވެ.

އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މިވަގުތު "އެލާޓް ލެވެލް 1" ގައި އޮތްކަމަށް ސެޓަލައިޓު މައުލޫމާތުން ދައްކައެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާތަކުގައި "އެލާރޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިއުޓުން ބުންޏެވެ.

މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވުމުން ފްރީކްއެންސީ އިތުރުވަމުން އަންނަކަމަށް ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުންޏެވެ.

މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓުޓް އިން ނެރުނު ބަޔާނުގައި ފާހަގަކުރިއެވެ.

ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓުޓް ވަނީ އިލްތިމާސްކޮށްފައެވެ.

އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ)އިން ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގާ ހުދުމުވުމަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑުތަކަށް އަސަރުކުރާނޭ ކަމެއް ކަމަށް ބުނެފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ވަނަ އަހަރުގައެވެ.



More from Sun Online