މަހިބަދޫގެ އިހުތިޞާޞް ތެރޭ މާފަރުފަޅު ހިމަނައިފި

Tue, 16 Apr 2024 02:45 PM

View on this article on Sun Online

މަހިބަދޫގެ އިހުތިޞާޞް ތެރޭ މާފަރުފަޅު ހިމަނައިފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އދ. މަހިބަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ ރަށުގެ ފަޅުތެރޭ ހިމެނޭ މާފަރުފަޅު، މަހިބަދޫގެ އިހުތިޞާސްގެ ތެރޭ މިއަދު ހިމަނައިފިއެވެ.



މިއަދު ސަރުކާރުގެ ގެޒެޓުގައިވަނީ ރައީސް ޑރ. މުޙައްމަދު ސޮއިކުރައްވައި އެ ކަން އިއުލާންކުރެއްވި ގަރާރު ޝާއިއުކޮށްފައެވެ.

އެ ގަރާރުގައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން މާފަރުފަޅަކީ މަހިބަދޫގެ އިހުތިޞާސްތެރޭ ހިމެނޭ ރަށަކަށް ހެދީ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭ ރައީސް ވިދާޅުވީ، މަހިބަދޫގެ ބިން އިތުރުކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން މަހިބަދޫ ކައިރީގައި ހުރި ފަޅުތަކުގެ ތެރެއިން މާފަރުފަޅު އެ ރަށުގެ އިހުތިޞާސް ތެރެއަށް ވައްދާ ހައުސިން މަޝްރޫތަކަށް ބޭނުންކުރުމަކީ މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތްކަމަށް ވިދާޅުވިއެވެ.

"ރަށުގެ އިހުތިޞާސް ތެރެއަށް އެ ބައި ލައިގެން ދުރު ރާސްތާ ޕްލޭނެއްގައި ހިއްކާ ބިން އިތުރުކުރެވި މުޅި އަތޮޅަށް ބޭސްކޮށް އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީ، އިގުތިސޯދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީކުރެވޭނެ،" އޭރުގެ އިދިކޮޅު ކެންޑިޑޭޓު ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާފަރުފަޅު ހިއްކާ އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެސް ނިންމެވިއެވެ.

ރައީސް އިއްޔެ ވަނީ ނ. މާފަރު ފަޅުގެ ތެރޭ ހިމެނޭ ކަނޑިންމާހުރާއާއި ފަރުމުއްޔަކީ މާފަރުގެ އިހުތިޞާޞް ތެރޭ ހިމެނޭ ރަށްތައް ކަމަށް ވެސް ކަނޑައަޅުއްވާފައެވެ.



More from Sun Online