އަންނަ އަހަރު ބޮޑު ޗުއްޓީ ދިމާވަނީ ރޯދަމަހަށް

Mon, 29 Apr 2024 11:09 PM

View on this article on Sun Online

އަންނަ އަހަރު ބޮޑު ޗުއްޓީ ދިމާވަނީ ރޯދަމަހަށް

އަންނަ އަހަރު ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް އެކެޑެމިކް ކަލަންޑަރު އެކުލަވާލައިފިއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ މަހުގެ 26ގައި ފެށޭ ދިރާސީ އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމެއެވެ. އަދި އަންނަ އަހަރު ދަރިވަރުންގެ ބޮޑު ޗުއްޓީއަކީ މާޗު 21އިން އޭޕްރީލް ހަޔެއްގެ ނިޔަލަށެވެ.

މިއަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ މި އަހަރު ސެޕްޓެމްބަރު 26ގައެވެ. މިއަންނަ އޮކްޓޯބަރު ހައެއްގައި ދެވަނަ ޓާމުގެ ކިޔެވުން ފަށުމަށް ހަމަޖެހިފައިވާއިރު، އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ އޭޕްރިލް ހައެއްގައެވެ. ނަމަވެސް މުދައްރިސުން އޭޕްރީލް ތިނެއްގައި ގައި ނިކުންނަންޖެހޭ ކަމަށް ކަލަންޑަރުގައި ވެއެވެ.

އަންނަ އަހަރު ރަމަޟާން މަސް ފެށޭ ކަމަށް ކަލަންޑަރުގައި އޮތީ މާޗު އެކެއްގައެވެ.

ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް، ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ. މިހާރު އޮންނަ ގޮތަށް، އޮގަސްޓް މަހުގައި ދިރާސީ އާ އަހަރު ފެށުމަށް ކުރީ ސަރުކާރުން ނިންމީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް ބުނެއެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



More from Sun Online