ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

Mon, 29 Apr 2024 10:41 PM

View on this article on Sun Online

ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ގުރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.



ފުލުހުން ބުނީ އެ މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 21:00ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށް ބުނި ނަމަވެސް، މާރާމާރީގައި ބައިވެރިވީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެއެވެ. އަދި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މާލޭ ސަރަހައްދުގައި ގޭންގު މާރާމާރީތަކުގެ އިތުރުން، ބައެއް ފަހަރު އާންމުންގެ މެދުގައި ވެސް ދެބަސްވުން އުފެދުމުން ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި އެބަހުއްޓެވެ.



More from Sun Online