"އިންވެސްޓްކުރާ ފަރާތްތަކަށް ޔަގީން ކަމެއް ލިބިއްޖެ"

Tue, 30 Apr 2024 12:52 AM

View on this article on Sun Online

"އިންވެސްޓްކުރާ ފަރާތްތަކަށް ޔަގީން ކަމެއް ލިބިއްޖެ"

މި މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ބޮޑު ތާއީދެއް ލިބުމުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށާއި ބޭންކުތަކަށް ރާއްޖެއާ މެދު ވަރަށް ބޮޑު ޔަގީންކަމެއް ލިބުނު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.



މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ މިއަދު ސައުދީ އަރަބިއާގައި ބޭއްވި "ވޯލްޑް އިކޮނޮމިކް ފޯރަމް" ގައެވެ. އެ ފޯރަމްގައި މިނިސްޓަރު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި އިންވެސްޓަރުންގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

"ދެމެހެއްޓެނިވި ތަރައްގީއަކީ ރާއްޖެ ފަދަ ގުދުރަތީ ނާޒުކު ގައުމުތަކުގެ ޕޯސްޓު ކާޑު ފަހަށް ރައްކާކުރުމުގެ ބަދަލުގައި. ތަރައްގީ ކުރާނެ ފިކުރާއި ފައިސާ އަދި ޓެކްނޮލޮޖީ ގެނެސް އެކަން ކުރެވޭނެ ފަރާތްތަކުން ފަސްނުޖެހި އިންވެސްޓް ކުރުން،" ފޯރަމްގައި ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ވޯލްޑް އިކޮނޮމިކް ފޯރަމުގައި ބައިވެރިއެއްޖެ--ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ

ސައީދު "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި އަމާޒުތައް ހާސިލްކުރުން ކަމަށާއި އެއީ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ތަރައްގީގެ އެޖެންޑާއަށް ތަރުހީބު ބޮޑުވަމުން އަންނަ ކަމަށް ފާހަގަކުރެވޭކަމަށެވެ.

މިދިޔަ ހަފުތާގެ އާދިއްތައިގައި ބޭއްވި މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދައިފައެވެ.



More from Sun Online