މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

Thu, 25 Apr 2024 11:42 PM

View on this article on Raajje.mv

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން ގައި ކިޔަވަމުން އަންނަ ދަރިވަރުން ކިޔަވަމުންދާ އިމާރާތުން ނުކުތުމަށް އެންގުމާއި ގުޅިގެން 1000ށް ވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލުކުރުމުގެ މަސައްކަތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެކަމަށް އެޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފިއެވެ.



އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން ވަނީ އަންގާފައެވެ. މިކަމާއި ގުޅިގެން ގައުމީ ޔުނިވަރސިޓީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީގޮތުން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުުރު ޖާގަ ބޭނުންވާތީވެ، މެޑިކަލް ސްކޫލުގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައިކެމްޕަސްއަށް ބަދަލުކުރަން ނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އަދި މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް މި ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ޔުނިވަރސިޓީން ބުނެއެވެ.

މިކަމާއި ގުޅިގެން އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަން ހުސްކުރުމަށް އެންގުމާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ޔޫނިއަނަށް ލިބިފައިވާކަމަށެވެ. ދަރިވަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ހިއްސާކުރުމަށް ގައުމީ ޔުނިވަރސިޓީގެ މެނޭޖްމަންޓާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހިމެނޭގޮތަށް އޭޕްރީލް 25 ގައި ބައްދަލުކޮށްފައިވާކަމަށް އެޔޫނިއަނުން ބުނެެއެވެ. އަދި މިވަގުތަށް ޔުނިވަސިޓީގެ ފަރާތުން ގެނައުމަށް ވިސްނަމުންދާ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކިޔަވަމުންދާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވެމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެޔޫނިއަނުން ބުނެއެވެ.

މިކަމާއި ގުޅިގެން ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އޭޕްރީލް 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ސިޓީ އެއް އީމެއިލްގެ ޒަރީޢާއިން ފޮނުވާފައިކަމަށާއި މިސިޓީގައި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭނުންވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް ވާނީ އެދިފައިކަމަށްވެސް ޔޫނިއަނުން ބުނެއެވެ. ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނާއެކު މަސައްކަތްކުރަމުން އަންނަނީ މިމައްސަލައިގައި މަޝްވަރާގެ އުސޫލުގެ މަތިން ދައުލަތުގެ މުއައްސަސާތަކާއެކު މަސައްކަތްކޮށް އެކަމުގެ ހައްލު ހޯދުމަށްކަމަށްވެސް ޔޫނިއަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ސްކޫލް އޮފް މެޑިސިންގައި މިވަގުތު ޖުމްލަ 7 ބެޗް ކިޔަވަމުން އަންނައިރު، މީގެން ފުރަތަމަ ބެޗް ދަސްވެނިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި 7 ބެޗުގެ ތެރެއިން ކޯހުގެ 3 ވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ މި ކޯސް އެކުލެވާލެވިފައިވާ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރަމުން، ކުލާސްތަކަށްވެސް ހާޒިރުވަމުންދާ ދަރިވަރުންނަށް ވެފައި، ތަޖުރިބާ ހޯދުމުގެ ތެރެއިން ދުވާލާ ރޭގަނޑުގެ ގިނަ ވަގުތުތަކެއް، ދަރިވަރުން ހޮސްޕިޓަލުގައެވެ.



More from Raajje.mv