އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަންކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

Sun, 05 May 2024 12:52 PM

View on this article on Raajje.mv

އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަންކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ.



މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި ހޯދަމުންދަނީ އިބްރާހީމް ނާޝިދު، ގދ. ތިނަދޫ / ސަކީނާމަންޒިލް، (34އ)އެވެ.

ފުލުހުން ބުނީ، އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ.

އޭނާ ހާޒިރު ކުރަނީމައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.

ފުލުހުން ބުނީ އޭނާ ހާޒިރުވާންޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް،  2024 މެއި 12 ވަނަ ދުވަހުގެ 08:30 އަށް ކަމަށެވެ.



More from Raajje.mv