މަކަރާއި ހީލަތުގެ ތުހުމަތުކުރެވޭ މޯލްޑިވްސް ވޭވްއިން ވެހިކަލް ގަތުމަށް ފައިސާ ދެއްކި މީހުން ހޯދަނީ

Sun, 05 May 2024 12:27 PM

View on this article on Raajje.mv

މަކަރާއި ހީލަތުގެ ތުހުމަތުކުރެވޭ މޯލްޑިވްސް ވޭވްއިން ވެހިކަލް ގަތުމަށް ފައިސާ ދެއްކި މީހުން ހޯދަނީ

މަކަރާއި ހީލަތުގެ ތުހުމަތު ކުރެވޭ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އިން ވެހިކަލް ގަތުމަށް ފައިސާ ދެއްކި މީހުން ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.



މިއީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައިގައި ތުހުމަތު ކުރެވެނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ކަމަށެވެ.

އެ ކުންފުންޏަށް ތުހުމަތުކުރެވޭ މި މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

ވީމާ، އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ ފަރާތެއް ވާނަމަ 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



More from Raajje.mv