ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!

Sun, 05 May 2024 12:21 AM

View on this article on Raajje.mv

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް ވެއްޓިއްޖެއެވެ.



ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ހާމަކޮށް ކޮންމެ އަހަރަކު އެއްފަހަރު ޝާއިއު ކުރާ ރިޕޯޓުގައި 2024 ވަނަ އަހަރު 180 ގައުމުގެ ދަރަޖަ ކުރިއިރު ރާއްޖެވަނީ 106 ވަނައަށް ވެއްޓިފައެވެ. 2023 ގައި ރާއްޖެ ވަނީ 100 ވަނައިގައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރޭކިންގައި ރާއްޖެއަށް ހުސްވި އަހަރު ދީފައިވާ ސްކޯއަކީ 56.93 އެވެ. މިއަހަރު ލިބިފައިވާ ސްކޯއަކީ 52.36 އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ ދަށަށް ދިޔައިރު، ސަރުކާރުން ގެންދަނީ މީޑިއާ ތަކުގެ މެދުގައި ތަފާތުކުރުންތަން ގެންގުޅެމުންނެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ސްޕޮންސަރ ދިނުމުގައި ސީދާ ރައީސް އޮފީހުން އަންގާ މީޑިއާ ތަކަށް ނޫނީ ސްޕޮންސަރ ދިނުން އެ ކުންފުނިތަކަށް މަނާކޮށްފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވެއެވެ.

އަނެއްކޮޅުން ސަރުކާރުގެ އޮފީސްތަކުން މައުލޫމާތޯ ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ހުށަހަޅައިގެންވެސް ގިނަ ފަހަރު ޖަވާބެއް ނުލިބޭކަމާއި، ޖަވާބެއް ދޭ ފަހަރަކުވެސް އޮއްޓަރު ހުރި މައުލޫމާތެއް އޭގައި ނުހިމެނޭކަން ނޫސްވެރިން އަންނަނީ ފާހާގަ ކުރަމުންނެވެ.

2024 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑު ގައުމެއްގެ ގޮތުގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކަނޑައަޅާފައިވަނީ ނޯވޭއެވެ. ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުޑަ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެރިޓްރިއާއެވެ.



More from Raajje.mv